ads
ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު
ބިލުގައި މައްސަލައެއް ނެތް، ކަރަންޓް ހަމަ ގިނައިން ބޭނުންކުރަނީ: ފެނަކަ
ކަރަންޓް ބިލުތައް ހެދުމުގެއި އެއްވެސް މައްސަލައެއް ނެތްކަމަށާއި ކަރަންޓް ހަމަ ގިނައި ބޭނުންކުރަނީކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
Advertisement

މިދިޔަ މާރިޗު މަހުގެ ބިލްތައް ބޮޑުވެ އާންމުން ވަނީ ޝަކުވާ ބޮޑުވެފައެވެ. 

އާއްމުންގެ އެ ޝަކުވާތަކަށް ދައުލަތުގެ މީޑިއާ މެދުވެރިކޮށް ފެނަކަ އިން ރޭ ވަނީ ޖަވާބުދާރީވެފައެވެ. ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ރާއްޖޭގައި ހޫނު މޫސުން އަންނަނީ މާޗު އޭޕްރީލް ހިސާބުގައިކަމަށެވެ. އެހެންކަމުން ފެބްރުއަރީ ފަހުކޮޅުން ފެށިގެން އޭޕްރީލްގެ ނިޔަލަށް އާންމުކޮށް ބިލުތައް ބޮޑުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ ހޫނު މޫސުމުގައިވެސް ރައްޔިތުންގެ މި ޝަކުވާތައް ލިބުނުކަމަށާއި އެހެންނަމަވެސް ބިލު ހެދުމުގެ އްއްވެސް މައްސަލައެއް ނެތްކަން ޔަގީންކުރެވޭ ކަމަށް ނާޝިތު ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ބިލިންގެ މައްސަލައެއް ނޫންކަން މި އަންނަނީ. މި އަންނަނީ ހަމަ ޖެނެރޭޝަން ކެޕޭސިޓީ އިތުރުވެގެންދާކަން. އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ސަބަބަކީ އިންޖީނުގޭގެ ޑީސެލް ޖެނެރޭޝަނަށް ބަލާއިރު ވެސް ހަމަ ކޮންމެ ރަށެއްގައިހެން 25 ޕަސެންޓް އެބަ އިތުރުވޭ ހޫނު މޫސުމަށް،" ނާޝިތު ވިދާޅުވި އެވެ.

ފެނަކައިގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު މުހައްމަދު ޝުޖާއު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބިލުން 400ރ. ގެ ޑިސްކައުންޓެއް ސަރުކާރުން ހަމަޖައްސައިދިނުމުން ކަރަންޓު ބޭންކުރާ ވަރު އިތުރުވެފައިވާކަމަށެވެ. އަދި އޭގެ ފަހުން އައި އިދާ ޝައްވާލްމަހުގެ ހަ ރޯދައިގައިވެސް މީހުން ކަރަންޓް ބޭނުންކޮށްފައިވަނީ އެގޮތަށްކަން ފާހަގަކޮށް އެދުވަސްތައް ހިމެނުނީ ފަހުގެ ބިލުގައިމަަށް ޝުޖާއު ވިދާޅުވިއެވެ.

"މި ސައިކަލް ތެރޭގައި ހިމެނޭ އީދު އެބަ ހިމެނޭ. ޝައްވާލް މަހުގެ ދުވަސްތައް ވެސް އެބަ ހިމެނޭ، ހަ ރޯދަ ދުވަސްވަރު. އެހެންވީމާ ޔޫސޭޖު ހަމަ ރޯދަމަހު ފޮލޯކުރި ގޮތަށް އެ ޓްރެންޑް އައިސްފައި މި އޮތީ. އެއީ އަޅުގަނޑުމެންގެ ހިސްޓްރީން ފެންނަން ހުންނަ ޑޭޓާ،" ޝުޖާއު ވިދާޅުވިއެވެ.

މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;