ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ލޯނު ނުލިބިގެން މާލޭގައި މެންޓަލް ހޮސްޕިޓަލް އަޅަން ނިންމައިފި
ލޯނު ނުލިބިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލް އަޅަން ނިންމާފައިވާކަަމަށްް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މެންޓަލް ހޮސްޕިޓަލެެއް އެޅުމަށް މިދިޔަ ސަރުކާރުންވެސް ނިންމިއެވެ. އެހެންނަމަވެސް ސަރުކާރު ނިމުނުއިރުވެސް އެ ހޮސްޕިޓަލް އެޅިފައިނުވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މެންޓަލް ހޮސްޕިޓަލެއް އަޅަން ވައުދުވެވަޑައިގެންފައެވެ. ރައީސް މުއިއްޒު އެ ހޮސްޕިޓަލް އަޅަން ނިންމެވި ލ. އަތޮޅު ގަމުގައެވެ. 

މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލް އަޅަން ނިންމީ ބޭރުގެ ލޯނު ހޯދައިގެންކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެ ލޯން ލިބިފައި ނުވާތީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ހޮސްޕިޓާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ނިންމާފައިވާކަމަށެވެ. 

"ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މެންޓަލް ހޮސްޕިޓަލް އަޅާނީ ވެރިރަށް މާލޭގައިކަމަށެވެ. ސަބަބަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނައީ ވެރިރަށް މާލޭގައި ތިބިމުންކަމަށެވެ. އެގޮތުން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާސަންދަ ހަމަޖައްސައިދިން ފަހުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;