ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފާއި ތާރިގު އިބްރާހިމް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
އެއަށްފަހު އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އިއްޔެ ވަނީ އައްޔަންކުރައްވާފައެވެ.
ވަކިވި ވަޒީރުން ސަރުކާރުގެ އެހެން މަގާމުތަކަށް އައްޔަން ކުރައްވަނީތޯ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަޒީރުން މަޖިލީހުން އިސްތިއުފާދެއްވި ހުރިހާ ވަޒީރުންނަކީ ޕާފޯމަންސް ދަށްވެގެން ވަކިވެގެން ދިޔަ ވަޒީރުން ނޫންކަމަށެވެ. އޭގެތެރޭގައި ވަރަށް މަސައްކަތް ކުރެއްވި ވަޒީރުން ތިއްބެވިކަންވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހުން އިސްތިއުފާދެއްވި އާދަމް ޝަރީފް އުމަރާއި ތާރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ބޭރު ގައުމެއްގެ އެމްސެޑަރުންގެ ގޮތުގައި އައްޔަންކުރާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަރަދުކުޑަކުރަން މީހުން ވަކިކުރަން ނިންމި ނިންމުން ހަމަ ވަރަށް ހަރުކަށި ކަމެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަން ނިމުމުން ކޮންމެ އޮފީހެއްގައި ތިބި ސިޔާސީ މީހުންގެ އަދަދުތައް ހާމަކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;