ads
މާލޭގެ މަގުމަތި
ބުލީ ކުރުން ހުއްޓުވުމަށް ޤާނޫނެއް ހަދަން ފަށައިފިން: ރައީސް
ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެންޓި ބުލީ ޤާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތް މިހާރު ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

"މިކަން އިތުރަށް ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކި ކަހަލަ މެޝާސްތައް ލުމަށްޓަކައި، އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބުލީކުރުން އެއީ ގާނޫނެއް ކުށެއް ކަމަށް ކަނޑައެޅުމަށް، އެކަމާ ގުޅޭ ހާއްސަ ގާނޫނެއް، އެންޓި-ބުލީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށައިފިން،" ރައީސް ވިދާޅުވިއެވެ.

މި ގާނޫނުގައި ބުލީ ކުރުންކަމަށް ބެލެވޭނެ ހުރިހާ ކަމެއް ހިމަނާނެކަމަށާއި ބިލް ނިންމާ މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް މަޖިލިހަށް ފޮނުވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

" މީގެ ތެރޭގައި ސްކޫލުތަކާއި އެހެނިހެން ތައުލީމީ މަރުކަޒުތަކާއި އެ ތަންތަނުގައި ކިޔަވާ ކުދިންނާއި މަސައްކަތްކުރާ ހުރިހާ ފަރާތްތައް، އަދި ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ތަންތަނުން ޚިދުމަތް ލިބިގަންނަ މީހުން ހިމެނޭހެން ތަފުސީލުކޮށް މި ބިލުގައި ތަފުސީލުކުރާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އޮންލައިކޮށް ނުވަތަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ބުލީކުރުން ހުއްޓުވުމަށް ބައިތަކާއި، ސްކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމަށްވެސް ވަކިން އެ ގާނޫނުގައި ބައެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;