ads
ރައީސް މުއިއްޒު
އަޅުގަނޑާ ގުޅޭގޮތުން ދެއްކީ ދޮގު ވާހަކަތަކެއް، ތަހުގީގުކޮށް ފިޔަވަޅު އަޅަން އެދެން: ރައީސް
ބޮޑެތި ތުހުމަތުތަކެއްކޮށް ރާއްޖޭގެ ނޫހަކާއި އަމިއްލަ ފަރާތަކުން ދެއްކި ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ކަމާއި ގުޅޭ ދާއިރާތަކުން އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދޭން އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި، ވަކިން އަންހެނަކާއި ބައްދަލުކުރެއްވިކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް މުއިއްޒު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ދޮގު ވާހަކަތައް ފެތުރި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން އެދޭކަމަށް އެމަނިފާނު ވާނީ ހާމަކުރައްވާފައެވެ. 

" އާދެ ކަނޑައެޅިގެން ދޮގު ވާހަކައެއް.... މިފަދަ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާއި ބެހޭ ހުރިހާ ފަރާތްތަކެއްގެ ކިބައިން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ނޫހަކުން އާންމު ކުރި ވީޑިއޯއެއްގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކާފައެވެ. އަދި ރައީސް އޮފީހުގައި ރައީސް އަށް ހާއްސަ މާލަމެއްގައި އިސްލާމީ އަހުލާގުން ބޭރު އަމަލުތަކެއް ރައީސްއާ އެކު ހިންގިކަމަށްވެސް އެ އަންހެން މީހާ އެ ވީޑިއޯގައި ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;