އައްޑޫ ސިޓީގެ ހިތަދޫ އުތުރުދާއިރާގެ ގޮނޑީގައި މިހާތަނަށް އިންނެވި ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދާއިރާގެ އިންތިހާބު އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އީސީން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން 02 މޭ ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.
މި އިންތިހާބުގައި ސަރުކާރުގެ ހިންގާ ޕާޓިން ޓިކެޓް ލިބިފައިވަނީ ކުރިންވެސް އެ ދާއިރާގެ މެމްބަރަކަށް ހުރި މުހައްމަދު ސިނާން އަށެވެ. އިދިކޮޅު އެމްޑީޕން ނިކުތީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުالله ސާދިގް (ސޯބެ)އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;