އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ސްމޯލް ބްރާންޗަސް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ތަގުރީރު ކުރައްވަމުން ނެވެ.
ނައިބުަ ރައީސް ވިދާޅުވީ ޕާލަމެންޓްތައް ހިންގަންވާނީ ސާފު މަގުސަދަކާއި މިނިވަންކަމާ އެކު ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުގެ ގޮފިތަކުގެ މެދުގައި އޮންނަން ޖެހޭ ބެލެންސް ގެއްލި، ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާނެ ކަމަށެވެ.
މިއަދު ފެށި ވޯކްޝޮޕަކީ ރާއްޖެއަށް ފައިދާ ބޮޑު މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ސްމޯލް ބްރާންޗަސް ވޯކްޝޮޕް ރާއްޖޭގައި ފަށަން ބޭއްވި ރަސްމިއްޔާތުގައި ކުރެއްވި ތަގުރީރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީހުން ބިނާކުރުމާއި މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ހަރުދަނާކުރުމުގައި ސީޕީއޭ އިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވާކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވަރކްޝޮޕެކެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވާކްޝޮޕްގައި ކޮމަންވެލްތުގެ އެކި ގައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;