ads
ހިޔާ ރޯދީގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
ހިޔާރޯދީގައި ރޯކޮށްލި ޝަހުބާން ޝަރީއަތް ނިމެންދެން ބަންދު، ދައުވާކުރަން އެދެފި
ގ. ހިޔާ ރޯދީގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގ. ހިޔާރޯދި ގޭގަައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ  ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން، 29އ، އެވެ. އޭނާ ހައްޔަރުކުރީ ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރަން އެދި މި މަހުގެ 21 ގައި ޕީޖީ އޮފީހަށް ފޮނުވާފައިވށކަމަަށެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މުއްދަތު ޖަހާފައިވާކަމަށްވެސް ފުލުހުނަލް ބުނެއެވެ. 

ފަޅަށް ހުންނަ ހިޔާ ރޯދީގައި  ދުވަހު ރޯވުމުގެ އިރިކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާކަން ސީސީޓީވީ ފުޓޭޖުންތަކުންް ފެނެއެވެ. 

އެ ފުޓޭޖުން ފެންނަނީ އަލިފާން ރޯވުމުގެ ކުރިން ގަޑިން 10:33 ގައި ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސަރައްްހަދުގައި ސައިކަލް ޕާކުކުރާ ތަނެވެ. އަދި އެމީހާ އެގޭގެތެރަަށް ވަދެގެން ދެއެވެ. އޭރު އެގޭކައިރީ މަސައްކަތް ކުރަން ބިދޭސީންތަކެއް އުޅޭތަން ފެނެއެވެ. 

އެ ގެއަށް ވަތް މީހާ ގާތްގަނޑަކަށް ހަތް މިނެޓު އެ ގޭގައި ހޭދަކުރުމަށްފަހު އެ ގެއިން ނުކުމެގެންދަނީ 10:39 ގައެވެ. އަދި އަލިފާން ރޯވެ އަނދަން ފަށަނީ އެމީހާ ނުކުމެގެންދާ ފަހުންނެވެ. 

ފުޓޭޖްތަކުން ފެންނަ ގޮތުން 10:40 ގައި ގެއިން ދުން އަރާތަން ބޭރުގައި ތިބި ބިދޭސީންްނަށް ފެނިގެން އެމީހުން ހަޅޭލެވުމުން އެގޭތެރޭގައި މަސައްކަތްކުރަން ތިބި ބިދޭސީންތަކެއް އެ ގެއިން ނުކުންނަތަން ވެސް ފެނެއެވެ. 

ރޯވި ގ. ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެނެވެ. އެގޭ މީހުން ބުނާ ގޮތުގައި އެތަނުގައި ކަރަންޓެއްވެސް ނުހުންނާއެވެ. އަދި އިމާރާތުގައި ހުންނާނީ ފަރުނީޗަރާއި ލަކުޑިއެވެ. އެހެންކަމުން ގޭ މީހުން ތުހުމަތުކުރާ ގޮތުން އެތަނުގައި މިއަދު ރޯވުުން އެއީ މީހަކު ގަސްދުގައި ރޯކޮށްލުމުން ހިނގި ހާދިސާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;