ads
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ޕްރެސްބްރީފިން އެއްގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ:އެމްޑީޕީ
އެމްޑީޕީ ޕީޖީ ގްރޫޕްގެ ތާއީދު މީކާއީލަށް
އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތާއީދުކުރަން ނިންމައި މިއަދު އެކަން އިއުލާންކޮށްފި އެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ވަނީ މީކާއީލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.

މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން މަޖިލީހުގެ އިސް މެންބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ. 

އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، މާވަށް ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

މިއަދުގެ ޕްރެސް ބްރީފިންގައި މީކާއީލް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނާ އޭނާއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ މެންބަރުންގެ އިހުސާސްތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށެވެ. 

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސަތޭކަ އަށް ވުރެ ގިނަ ރަށަށް ދަތުރުކުރައްވައި، އާންމު މެންބަރުންނާ ބައްދަލުކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީކާއީލްގެ ބުރަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލިސް ނިމި، 20 ވަނަ މަޖިލީހުގެ ދެވަނަ ދައުރަކަށް މީކާއީލް އިންތިހާބުވެވަޑައިގަތުމަކީ އޭނާ އަށް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރުގެ ހެކިކަމަށެވެ.

މެމްބަރު މީކާއިލާ އެކު ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަލްހާން ފަހުމީ އެވެ. އެގޮތުން ނަޝީދު ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށައި، ރަށްތަކަށް ވެސް ދަތުރުކުރައްވަމުންނެވެ. 

އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މީކާއީލްގެ ކެމްޕޭން ޓީމުން ބުނަނީ ޕާޓީގެ އާންމު މެންބަރުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;