ads
ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރު ބިން މިހާރު ވެސް ވަނީ ހިއްކައިފަ
ރަސްމާލެ ނުހިއްކާ މާލޭ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ދެވޭކަށް ނެތް: މުއްތަލިބު
ގްރޭޓާ މާލެ ސަރަޙައްދުގައި ހުރި ބިންތައް ފުރިފައިވާތީ، ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންގޮސް މާލޭގެ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށްް ބޭނުންވާ ފްލެޓް އަޅަން މާލެ ސަރަހައްދުގައި ބިމެއް ނެތް ކަމަށާއި ބޯހިޔާވަހިކަން ދޭނެ އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރަސްމާލޭގެ އެންމެ ބޮޑު މަޤުޞަދަކީ، މުސްތަޤުބަލަށް އޮތް ޕްލޭންކަމަށެވެ. މާލެ ސަރަޙައްދުގައި މިހާރު ހުރި ބިންތަކާއި ނިމުނު ސަރުކާރުގައި ގެންދިޔަ ބިންވެރިޔާ މަޝްރޫޢުގައި، ހުރިހާ ބިންތަކުން ގޯތި ދީފައިވާކަމަށް ވިދާޅުވި އެވެ. ފްލެޓް އެޅުމަށް ޖާގަ ހޯދުމަށްވެސް އޮތީ މަދު ބިންތަކެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ.

"ގުޅިފަޅު، ގިރާވަރުފަޅި، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަން. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަގުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަސައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫއެއް." މުއްތަލިބު ވިދާޅުވި އެވެ.

ޖުމްލަ 11،000 ހެކްޓަރުގެ ބިން ރަސްމާލެއިން ހިއްކަން ކަނޑައަޅައި 25،000 ގޯތި ދޭން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 15،000 ގޯއްޗާއި 7،500 ފްލެޓު ދޫކުރަން ނިންމައި އެކަމުގެ އުސޫލު ވެސް ވަނީ އިއުލާނު ކޮށްފަ އެެވެ.

ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާކަން ފާހަގަކުރައްވަމުން، އެ ފައިސާ ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް ސަރުކާރު ކުންފުނިތައް މެދުވެރިވެގެން އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މުއްތަލިބު މިއަދު ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;