ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ދޮޅުމަސްފަހުންވެސް ސައީދު ވިދާޅުވީ ޕޭޕަލް ފަށަން މާގިނަ ދުވަހެއް ނުވާނެކަމަށް
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް އަންނަން ދެން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ޒުވާނުންގެ މެދުގައި މަގްބޫލް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއަށް ފަހު، މިދިޔަ އޮކްޓޫބަރު މަހު، އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ވަނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާނުކޮށްފަ އެވެ.

މިދިޔަ މަހުގެ 3 ވަނަދުވަހު ރައީސް އޮފީހިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިނިސްޓާރު ސައީދު ވިދާޅުވީ ވަރަށް އަވަހަށް ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ލޯންޗުކުރުމުގެ ކުރިން ޓެސްޓު ކުރުމުގެ މަރުހަލާކަމަށެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދއްކަވަމުން އިކޮނޮކިމް މިނިސްޓަރު މުހައްމދު ސައީދު ވިދާޅުވީ ޕޭޕަލް ހިދުމަތް ފަށަން ދެން އޮތީ އެކަން ލޯންޗުކުރުންކަމަށެވެ. އަދި ހިދުމަތް ފެށެން ދެން މާ ގިނބަ ދުވަހެއް ނުނަގާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

"ދެން އޮންނާނީ ރަސްމީކޮށް ލޯންޗުކޮށް، ދިވެހިން ބޭނުންކުރަން ފެށުން، އަޅުގަނޑު ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ސައީދު މިއަދުވެސް ވިދާޅުވީ އުރީދޫން މިހާރު ގެންދަނީ ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތްކުރަމުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;