ads
މީޑިއާ ކޮމިޝަންގެ މެންބަރުން
ނޫސް ރަޖިސްޓްރީ ކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު އާއްމުކޮށްފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށްފި އެވެ.
Advertisement
މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނުންވަނީ، މީޑިއާއާ ގުޅޭ ތިން ގަވާއިދެއް މިއަދު ގެޒެޓްކޮށް، އަމަލުކުރަން ފަށައިފަ އެވެ. އެއީ، މީގެ ކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަންފީޒުކުރަމުން ދިޔަ ގަވާއިދުތަކެވެ. 
އެ ގަވާއިދުތަކަކީ؛
  • އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު
  • ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު
  • މީޑިއާ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު
އާ ކޮމިޝަނުން ނެރުނު ގަވާއިދުގައި ހުރީ މީގެ ކުރީގެ ގަވައިދުގައި ވެސް ޖުމްލަކޮށް ހުރި ކަންކަމާއި މީޑިއާ ކޮމިޝަންގެ ގާނޫނުގައި ހިމެނޭ ކަންކަމެވެ. 


މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެމްބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެ އެެވެ.

އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި ގަވާއިދު ބުނާގޮތުން ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. ނޫސް މަޖައްލާތައް 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ.

މީގެއިތުރުން ކަންކަން އިސްލާހުކުރަން އެނގުމާއި، އާންމުކޮށް މައާފަށް އެދުން އަދި، މީޑިއާއެއްގެ ލައިސެންސް ނުވަތަ ނޫހެއްގެ ރަޖިިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް އެޅިދާނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. 

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަންގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމަލުކުރަން ފެށި ގާނޫނުގެ ދަށުންނެވެ.  
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;