ads
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފެށޫން
"ބިންވެރިޔާ" ހާއްސަ ސްކީމްގެ އުސޫލަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމްގެ އުސޫލަށް ތިންވަނަ ކެޓަގަރީއެއް މިއަދު އިތުރުކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އިން ބުނީ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފުލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ޕުރޮގުރާމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭ ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން ކަމަށެވެ.

އެ ފުރުސަތު 31 މޭ ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް އޮންނާނެ އެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުމަށް ހުޅުވައިލާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. 

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;