ads
އެމްޑީޕީގެ މަޖިލިސް މެންބަރުން ރުހުން އިހުސާނަށް، ފާޑުކިޔަނީ
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ "ރުހުން" އިހުސާނަށް، ފާޑުކިޔަނީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަނު ކޮށްފައިވާ އަލީ އިހުސާނަށް ރަައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތާއިދުކޮށް ވޯޓު ދެއްވުމުން އެ ޕާޓީގެ އާންމު މެންބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
Advertisement

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންގޮސްފައެވެ. އެ ޖަލްސާގައި ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.

ވަޒީރުންގެ ތެރެއިން އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ރުހުން ނުދިނުމަށް އެމްޑީޕީގެ 2 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ވޯޓުގައި ބައިވެރިވެފައިވަނީ ނުވަނީ 2 މެމްބަރުންނެވެ.

އިހުސާނަށް ރުހުންދޭން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވި ދެ މެންބަރުންގެ ތެރެއިން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެެއްވީ އެތައް ސަބަބަކާ ހެދި ކަމަށެވެ.

މިކަމުގައި އެމްޑީޕީގެ އެތެރެއިން އެންމެ ބޮޑަށް އެ މެންބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިހުސާނަށް ރުހުން ދޭން ބައެއް މެންބަރުން ވޯޓް ދެއްވީމައެވެ.

އިހްސާނަށް ރުހުން ދިނުމުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ބައެއް މީހުން ބުނީ އިހުސާނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވި ސަބަބު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެދޭން ޖެހޭ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ އެމްޑީޕީގެ ކުރީގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ. 

އެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އިހުސާނާއި އިތުރު ބައެއް ވަޒީރުންނަށް އިއްޔެ ވޯޓު ދިނުމަކީ ނިންމުނު ގޯސް ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ.

ހަމައެއާއެކު "އެކްސް"ގައި ކުޑޫ ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި އިހުސާނަށް ވޯޓު ދިނުމުގައި ވަރަށް ބޮޑު ގޯހެއް ހެދިފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެއީ ކޮންމެހެން ތާއީދު ކުރާތީ ދިން ވޯޓެއް ނޫން ކަމަށާއި، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީ ކަމަށް ކުޑޫ ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރުމުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި، ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅާކަމަށް ވެސް މީގެ ކުރިން އެމްޑީޕީން ތުހުމަތު ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;