ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ރާއްޖޭގައި ޤާނޫނު ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ނުވަތަ ކަމެއް ތަހުގީގު ކުރަން ބޭރު ދެނީ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި ތަހުގީގެއް ހިންގަން އެންގޭނެ އިދާރާއަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ކަމަށް މުންދު ފާހަގަކުރެއްވި އެވެ.
"އަދަދު" ނޫހުގެ މައްސަލައިގައި އޭނާއަށް ގުޅި ފަރާތްތަކަށް ވެސް ދަންނަވާފައިވާނީ މިހާރު ހިނގަމުންދާ ތަހުގީގަކީ ރައީސް މުއިއްޒު އަންގަވައިގެން ކުރި ކަމެއް ނޫން ކަމަށާއި އަދި ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން ކަމަށް މުންދު ވިދާޅުވި އެވެ.
މިއީ ހޯމަދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލާ ގުޅިގެން ހިނގި ކަންކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ފުލުސް އޮފީހުން އެ ނޫހުގެ އިސްވެރިންނަށް ފޮނުވި ޗިޓުގައިވެ އެވެ. އެ މައްސަލާގައި އަދަދުގެ އޮފީހަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަދެ ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފަ އެވެ.
އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް އިއްޔެ ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ އަދަދު ނޫހަށް ވަދެ ނޫހުގެ މުދާތައް ގެންދިޔަ މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަންގެ އިތުރު ނޫސްވެރިކަމުގެ ހައްގަށް މަސައްކަތްކުރާ ބޭރުގެ ގިނަ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;