ads
ރައީސް މުހައްމަދު މުއިއްޒު އާއި ސްރީ ލަންކާގެ ރައީސް އަނޫރާ - ފޮޓޯ:ރައީސް އޮފީސް
ލަންކާގެ ވިސާގެ މައްސަލައަށް ހައްލެއް ހޯދަން މަޝްވަރާކުރަނީ
ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު އަންނަ އާދިއްތަ ދުވަހު އެ ގައުމަށް ފައްޓަވާ ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް ލަންކާ އަށް ދަތުރުފުޅު ކުރައްވާނީ އަންނަ އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ނިޔަލަށެވެ.

ދައުލަތުގެ މީޑިއާގެ ޕީއެސްއެމްގެ ސްޓޫޑިއޯގައި މިއަދު އަލަށް ފެށި "ޕްރެސާ ވިތު ދަ ސްޕޯކްސް"ގައި މުންދު ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ރައީސުންގެ ރަސްމީ މަޝްވަރާތައް ކުރާނެ ކަމަށެވެ.

މުންދު ވިދާޅުވީ، ލަންކާގެ ވިސާގެ ނިޒާމަށް ބަދަލު އައިސްފައިވަނީ 21 އޭޕްރީލް 2019 ވަނަ ދުވަހު އެގައުމުގައި ބޮން ގޮއްވާލި "އީސްޓަ ސަންޑޭ" ނިރުބަވެރި ހަމަލާއާގުޅިގެން ކަމަށެވެ.

އެ ހަމަލާއަށް ފަހު، ލަންކާގެ ވިސާ ދޫކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އިދާރާތަކުން ގެނައި ކަމަށާއި ދިވެހިން ރެސިޑެންސް ވިސާ އާ ކުރަން އޭރު ގެންދަން ޖެހޭ ލިޔެކިޔުމާއި އޭގެ މުއްދަތު ބަދަލުވެފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.

"ނިޒާމަށް އައި ބަދަލާ އެކު ދިވެހިންނަށް ދަތިތަކެއް ދިމާވަނީ ތަފާތު ދަތިތަކެއް. އެއް ކަމަކީ އަގު. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، 200 ޑޮލަރު އެބަޖެހޭ ވިސާ ހައްދާ ކޮންމެ ފަހަރަކު ދޭން. އެއް އަހަރަށް ވިސާ އެކްސްޓެންޑުކޮށްދެނީ،" ތަރުޖަމާނު ފާހަަގަކުރެއްވި އެވެ.

މީގެ އިތުރުން، 75 ޑޮލަރުގެ މެޑިކަލްއެއް ވިސާ ހައްދާއިރު ހުށަހަޅަން ޖެހޭ ކަމަށާއި ބޮލަކަށް 1،000 ޑޮލަރުގެ ޑިޕޮސިޓެއް ވެސް ބަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ލަންކާގެ ވިޔަފާރިވެރިން ބައްދަލުކޮށް ގުޅުވައިދިނުމާއި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރެއްވުމާއި ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު ލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ރާއްޖެ ވަޑައިގަތެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;