ads
ޑރ. އަލްތާފް: އޭނާއަކީ އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށް ރާއްޖޭގައި ހާއްސަވި ފުރަތަމަ ޑޮކްޓަރު - ފޮޓޯ: ހުޅުމާލޭ ހޮސްޕިޓަލް
އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް އަލްތާފް
އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްތާފް އަދްނާން އިސްމާއިލް ވެވަޑައިގެންފި އެވެ. އަލްތާފް ސަބް-ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އިންޑިއާއިންނެވެ.
Advertisement

ހުޅުމާލޭ ހޮސްޕިޓަލުން "ފޭސްބުކް"ގައި ކުރި ޕޯސްޓެއްގައިވަނީ، އުރަމަތީ ކެންސަރުގެ ސާޖަރީން ފެލޯޝިޕް ފުރިހަމަކުރެއްވި އަލްޠާފަށް މަރުހަބާ ދަންނަވައިފަ އެވެ.

އެ ހޮސްޕިޓަލުން ބުނީ، އަލްތާފްގެ ތަޖުރިބާގެ އަލީގައި ހުޅުމާލޭ ހޮސްޕިޓަލުން ދޭ ހިދުމަތް ކުރިއަރައިދާނެ ކަމަށެވެ.

އަލްތާފަށް އެޕޮއިންޓްމަންޓް ބޭނުން ނަމަ، 1417 އަށް ގުޅުމަށް ހުޅުމާލެ ހޮސްޕިޓަލުން އެދެއެވެ.

މެޑިސިން ފުރިހަމަ ކުރެއްވުމަށް ފަހުގައި އަލްތާފް ފުރަތަމަ މަސައްކަތްކުރެއްވީ އައިޖީއެމްއެޗްގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކުޅުދުއްފުށި ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލްގައި ސާޖަރީއަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ރާއްޖޭގައި އަންހެނުންގެ ތެރޭގައި އެންމެ ގިނައީ ކެންސަރުގެ ބާވަތެއް ކަމަށްވާ އުރަމަތީ ކެންސަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;