އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް 2026/2027 އަޔޫޝް ސްކީމަކީ ޔޫނާނީ ބޭސްވެރިކަމާއި، އަޔޫރްވެދާ، ހޯމިއޯޕަތީ، ޔޯގާ އަދި ސިއްދާގެ ދާއިރާއިން އިންޑިއާގެ އެންމެމަތީ ފަންތީގެ ޔުނިވާސިޓީތަކުން ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީ.އެޗް.ޑީ.އާއި ހަމައަށް ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތަތުތަކެކެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މެއި 2026 ވާ ހުކުރު ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އައި.ސީ.ސީ.އާރު. ވަނީ އެދިފައެވެ. https://a2ascholarships.iccr.gov.in/
އައި.ސީ.ސީ.އާރު-އަޔޫޝް ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުންނަށް ކުރިމަތިލެވޭނެ ދާއިރާތަކަކީ:
އައި.ސީ.ސީ.އާރު.އިން ވަނީ މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެތަނުގެ ވެބްސައިޓާއި ކުރި ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފަ އެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލާޝިޕް ދޭ ފަރާތްކަމަށްވާ އައި.ސީ.ސީ.އާރު.އިންނެވެ.
މީގެ އިތުރުން މިކޯސްތަކަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީ ނުވަތަ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ގަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެ އެވެ.
އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ދަރިވަރުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ އެފަދަ ލައިސަންސްދޭ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;