ads
މޯލްޑިވިއަންގެ ޑީއެމްޑީގެ މަގާމުން ވަކިކުރި ޖެނިފާ—
ޖެނިފާއަށް ވަޒީފާއާއި ބަދަލު ދޭން ކުރި އަމުރުގެ އިސްތިއުނާފު ނިންމާލައިފި
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ޢާއިޝަތު ޖެނިފާއަށް އަލުން ވަޒީފާއާއި ބަދަލު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި އަމުރު، އެ ކުންފުނިން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
Advertisement

މި ސަރުކާރުން ޖަނަވަރީ 2024 ގައި ޖެނިފާ މަގާމުން ވަކިކުރުމުން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އެ އަހަރުގެ އޮކްޓޫބަރު މަހު ޓްރައިބިއުނަލުން ނިންމީ އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށްވާތީ، ވަޒީފާއިން ވަކިނުވާ މީހެއް ކަމަށް ބަލައި އަލުން ވަޒީފާ ރުޖޫޢަކުރުމަށެވެ. އަދި ވަޒީފާގައި ހުރިނަމަ ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތައް ދިނުމަށްވެސް އަމުރު ކުރިއެވެ. އަދި ބަދަލުގެ ގޮތުގައި އެއް މަހުގެ މުސާރަ ކަމަށްވާ 56,171 ރުފިޔާ ދިނުމަށެވެ.

ޓްރައިބިއުނަލްގެ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކާއެކު އައިއޭއެސްއިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ކޯޓުގައި މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ބުރާސްފަތި ދުވަހު ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

މީގެ ކުރިން، 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި އައިއޭއެސްގެ ޑެޕިއުޓީ ހެޑްގެ މަގާމުން ޖެނިފާ ވަކިކުރުމުންވެސް، އޭނާއަށް އަލުން ވަޒީފާ ދޭން ޓްރައިބިއުނަލުން އަމުރުކުރިއެވެ. އެއަށްފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، ޑިސެމްބަރު 2018 ގައި އޭނާއަށް ހަމަޖައްސައިދިނީ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމެވެ. އަނެއްކާވެސް އޭނާ މަގާމުން ވަކިކުރީ ވެރިކަން ބަދަލުވުމަށްފަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް