އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ގަޕޯ ވަނީ ޕާޓީގެ އެތެރޭގެ ދެ އިންތިހާބު ފަސްކުރަން ފެންނަ ދެ ސަބަބެއް ހާމަކުރައްވާފައެވެ.
ފުރަތަމަ ސަބަބަކަށް ވިދާޅުވީ އެތެރޭގެ ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެދާނެތީކަމަށެވެ.
ދެވަނަ ސަބަބަކަށް ގަޕޯ ވިދާޅުވީ ދެ އިންތިހާބު ބާއްވަން މިވަގުތު ޕާޓީގައި ފައިސާއެއް ނެތް ކަމަށެވެ. އެގޮތުން މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އެމްޑީޕީއަށް އަދިވެސް ނުލިބޭކަން ގަޕޯ ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވަނީ ވާދަކުރަން ނިންމާފައެވެ.
އިންތިހާބަށް ނަޝީދައި މީކައިލް ގެންދަވަނީ ފޯރީގައި ކެމްޕެއިންކޮށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެމްޑީޕީގައި ދެ ޕެކްޝަން އުފެދިފައިވާއިރު ރައީސް ސާލިހާ މަޖިލީހުގައި ތިބި އެމްޑީޕީގެ ހުރިހާ މެމްބަރުން ވަނީ ޗެއާޕާސަން އިންތިހާބުގައި މީކާއިލް އަށް ތާއީދުކުރަން ނިންމިކަން ހާމަކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;