އެމްއެމްއޭއިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މީ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ވިއްކި 1.1 ބިލިއަން ޑޮލަރުގެ ތެރެއިން 650.9 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
އެމްއެމްއޭއިން ބުނީ ސަރުކާރު ކުންފުނިތަކަށް ވިއްކި ޑޮލަރު މައިގަނޑު ގޮތެއްގައި ހޭދަކޮށްފައި ވަނީ ތެލާއި، ކާބޯތަކެތީގެ އަސާސީ ބާވަތްތަކާއި، ބޭހާއި ސިއްހީ އާލާތްތައް ރާއްޖެއަށް އެތެރެކުރުމަށެވެ. އޭގެއިތުރުން ބޭރުގެ ދަރަނިތައް އަދާކުރުމަށްވެސް ބޭނުންކުރިކަމަށް އެމްއެމްއޭއިން ބުނެއެވެ.
އާންމުންނާއި އަމިއްލަ ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް މިދިޔަ އަހަރު ވިއްކާފައިވަނީ 447.6 މިލިއަން ޑޮލަރެވެ.
މީގެއިތުރުން ދައުލަތުން ބޭރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެމްއެމްއޭ މިދިޔަ އަހަރު ޖުމްލަ 436 މިލިއަން ޑޮލަރު އެމްއެމްއޭއިން ދޫކޮށްފައިވާކަމަށްވެސް އެ ބޭންކުގެ ރިޕޯޓްގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;