ބީއެމްއެލް އިން ބުނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމިކަމަށެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑު ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ވެބްސައިޓުތަކުން ބޭނުންކުރާ ކަމަށެވެ.
އެކަމުގެ ސަބަބުން، ބޭންކުން ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އާންމުންގެ ޒަރޫރީ ބޭނުންތަަކަށް ބޭރު ފައިސާ ފޯރުކޮށްދޭން ދައްޗަކަށްވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ވިޔަފާރީގެ ބޭނުމަށް ބައެއްފަރާތްތަކުން ވަރަށްގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރޭ. އެހެންކަމުން ބޭންކުން ވަރަށްގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށްކަކަމަށް ބޭންކުން ބުނެއެވެ.
ޝީއިން އާއި ޓީމީ އަށް މި ބަދަލު ގެނައިނަމަވެސް އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބަހައްޓާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.
އިން ބުނީ އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތައަށް ވުރެ މަދު އަދަދެއްކމަށެވެ. އަދި އެއީ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްކަން ވެސް ބޭންކުން ފާހަގަކުރެއެވެ.
ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ހުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;