ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުރިމަތިލުމަށް ދިން މުއްދަތު މިއަދުގެ 15:00ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އީސީން ބުނީ މި ބައި-އިލެކްޝަނަށް ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ނަން ހުށައެޅީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކެންޑިޑޭޓަކާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ކެންޑިޑޭޓެއްކަމަށެވެ. މި 2 ކެންޑިޑޭޓުން ހުށަހަޅާފައިވާ ފޯމު ބަލައިގަންފައިވާކަމަށްވެސް އީސީން ބުނެއެވެ.
މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން އަބްދު ﷲ ސޯދިގު (ސޯބެ) އެވެ.
ޕީއެންސީގެ ޕްރައިމެރީގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޓިކެޓް ލިބުނީ ކުރިންވެސް އެ ގޮނޑި ތަމްސީލުކުތެއްވި މެންބަރު މުހައްމަދު ސިނާން (ސިނާ) އަށެވެ. އެހެންނަމަވެސް އޭނާ ވަނީ އިންތިހާބުގައި ވާދަނުކަރަން ކުއްލިއަކަށް ނިންމާފައެވެ. އަހުމަދު ސައީދަށް ޓިކެޓް ލިބުނީ ސިނާގެ އެ ނިންމުމުގެ ސަބަބުންމެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;