ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތާބުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ލ ދެމުން އަންނަކަމަށެވެ. އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވައުދުތައް ފުއްދަމުން ގެންދަވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ހިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީޑިއާ ވިލެޖް ހުޅުވަން މީގެކުރިން ތާރީހުތަކެއް ރައީސް ދެއްވި ނަމަވެސް އެ ތާރީހުތަކަށް އެތަން ހުޅުވިފައެއް ނުވެއެވެ.
ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން ގެންދަވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ނޫސްވެރިކަމުގެ މިނިވަންކަމުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ 100 ވަނަގައެވެ. އޭގެފަހުން މިދިޔަ ދެ އަހަރު ރާއްޖެ މިވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެހެންނަމަވެސް 2025 ވަނަ އަހަރު 2024 ވަނަ އަހަރު އޮތް ދަރަޖައަށްވުރެ 2 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ. އަނެއްކާވެސް މިދިޔަ އަހަރު މިވަނީ ހަތަރު ދަރަޖަށް ދަށަށް ވެއްޓިފައެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;