އަންނަމަހު އިންތިހާބު އޮންނާނެކަން އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމެޓިން މިއަދު މި އިއުލާންކުރީ މާލީ ދަތިކަމާއި ހެދި އިންތިހާބު ފަސްކުރަން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރް މޫސާ (ގަޕޯ) ގޮވާލާފައިވަނިކޮށެވެ. އެހެންނަމަވެސް ގަޕޯގެ އެ ގޮވާލުމާއި ދެކޮޅު ހަދާކަން އިންތިހާބުގައި ވާދަކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް އަހްމަދު ނަސީމް ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމެޓީން ބުނީ ޗެއާފާސަން އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވަނީ ތިން ކެންޑިޑޭޓެއްގެ ކަމަށެވެ. އަދި އެ ކެންޑިޑޭޓުން ނަން ތަރުތީބު ކޮށްފައިވާކަމަށްވެސް އެ ކޮމެޓީން ބުނެއެވެ.
ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނަން ތަރުތީބުކޮށްފައި
މި އިންތިހާބުގައި މީކާއިލްއަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުން މަޖިލީގައި ތިއްބަވާ އެމްޑީޕީގެ 12 މެމްބަރުން ވަނީ އިއުލާންކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;