މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ އިސް ޝައިހަކަށް އިލްޔާސް ހަމަޖައްސާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން މައްކާގައި ގާއިމުކުރާ ހައްޖު މިޝަންގެ އިސްވެރިޔަކަށް ހަމަޖައްސަވާފައި ވަނީ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ޝައިހް އިމްތިތާއު އައްބާސް އެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާޖީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފައެވެ.
މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގައެވެ.
ދިވެހި ހައްޖުވެރިން ފުރުން އަދި އައުން ހަމަޖެހިފައިވާ ދުވަސްތައް
މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;