ads
އެމްޖޭއޭއިން ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމަތީ
އެމްޖޭއޭއިން ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމައްޗަށް
ރާއްޖޭގައި ނޫސްވެރިކަން އޮތީ ބިރުވެތި ހާލަތެއްގައިކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެ ސޯސިއޭޝަނުން (އެމްޖޭއޭ) އިން ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމައްޗަށް ހިނގައްޖެއެވެ.
Advertisement

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު މިއަހަރުގެ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ދެ ދަރަޖަ ދަށަށް ވެއްޓިފައެވެ. 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް ޖާނަލިސްޓް އެ ސޯސިއޭޝަނުން (އެމްޖޭއޭ) މިއަދު ވަނީ ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމައްޗަށް ގޮަސްފައެވެ. އޭގައި ލިޔެފައިވަނީ ޕްރެސް ޕްރީޑަމް 2008 އިން 2026 މިހެން ނަޖާފައެވެ. 

އެ ޖަމިއްޔާއިން ބުނީ ރައީސް އޮފީސް ކުރިމަތީ ހަމަހިމޭން އިހްތިޖާޖެއް ކުރަމުން އަންނަކަމަށެވެ. އަދި ސަންދޯކެއް ގެނައި ރާއްޖޭގައި ނޫސްވެރިކަން އޮތް ބިރުވެތި ހާލަތު އަންގާ ދިނުމަށްކަމަށެވެ. 

އެމްޖޭއޭއިން  ބުނީ  ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ވަގުތެއްކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;