މި ސަރުކާރުގައި މުބީން އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެހެންނަމަވެސް އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލްއާ އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުބީން ވަނީ ކުއްލިއަކަށް އިސްތިއުފާދެއްވާފައެވެ.
އެމްޓީސީސީން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުބީން އައްޔަންކުރުމުން މަރުހަބާ ކިޔާފައެވެ. އަދި މުބީންގެ ލީޑާޝިޕްގައި ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބި، ކުރިއަރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކިޔާބީއަށް ފަހު ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ސަރުކާރުން އަންނަނީ ބަދަލު ގެންނަމުންނެވެ. މި ގޮތުން 10 ވަޒީރަކު ވަކިކޮށް މިނިސްޓްރީތަކުގެ އަދަދު ވަނީ ވަކިކޮށްފައެވެ. އަދި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ވެރިން ވަނީ ބަދަލުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;