އެ އިދާރާއިން ކުރިޔަށް އޮތް ދުވަސްތަކަށް މޫސުން ލަފާކޮށްނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަފާކުރެވޭ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެވެ.
އެ ބަޔާނުގައި އިތުރަށްވާ ގޮތުން ކުރިޔަށް ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިނި ހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށާއި އެހެން ކަމުން އެކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައްޔިތުން އަޅައިގެން ތިބެން އެދޭ ކަމަށެވެ.
މޭ މަހާއި ޖޫން މަހާއި ދެމެދު އެއީ ރާއްޖެއަށް އާންމުކޮށް އެންމެ ބޮޑަށް ވިއްސާރަ ކުރާ ދުވަސްވަރުކަމަށާއި މިއަހަރު އެ ވިއްސާރައިގެ އަސަރު އިތުރު ވެދާނެތީ އެކަމަށް ސަމާލުވެގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅައިގެން ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައި އެވެ.
އެ އޮފީހުން ބުނި ގޮތުގައި، އެ ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތެވެ.
މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;