ހައުސިން މިނިސްޓްރީން މިއަދު ބުނީ މާލޭގައި 1 އަހަރަށް ވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ މީހުން މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންގެ ކެޓަރަގީއަށް ޝަރުތު ހަމަވާ ނަމަ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މިއާ އެކު، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހެއްކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހު އެނގޭނެ ލިޔުމެއް އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހެ އެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމަކީ، ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުސަތެކެވެ. ދެން ހިމެނެނީ، ސަރުކާރުން ހިންގާފަވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކުގެ ކެޓަގަރީ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;