ads
ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން މޫސާ އަލީއަށް ދެއްވަނީ.
ދިވެހި މުދައްރިސް މޫސާ އަލީ އަވަހާރަވެއްޖެ
ގާތްގަނޑަކަށް 50 އަހަރު ވަންދެން ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި އަދި ގިނަ ބަޔަކަށް މަޝްހޫރު ދިވެހި މުދައްރިސް، މޫސާ އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
Advertisement

މޫސާ އަލީ މިއަދު އަވަހާރަވުމާއި ގުޅިގެން ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ކުރީގެ މިނިސްޓަރު އަދި ބަހަށް ހިދުމަތްކުރައްވަމުން ގެންދަވާ އާދަމް ނަސީރު އިބްރާހީމް 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ މޫސާ އަލީއަކީ ދަރިވަރުންނަށް ނަމޫނާ ދެއްކެވި މުދައްރިސެއް ކަމަށެވެ.

"އެމަނިކުފާނުގެ މާތް އަހުލާގުގަ އެވެ. ވަގުތަށް ކަމޭ ހިތްތެވުމާއި ކަމަށް ކަމޭ ހިތްތެވުމުގަ އެވެ. ދަރިވަރުންނާ މުއާމަލާތުކުރެއްވުމުގަ އެވެ، ވަކިން ހާއްސަކޮށް ދަރިވަރުންގެ ޝަޚްސިއްޔަތު ދިވެހި އިސްލާމީ ތަރަހައިގެ މަތީގައި ބިނާކުރެއްވުމުގައެވެ،" އެ ޕޯސްޓުގައިވެ އެވެ.

އުމުރުފުޅުން އެންމެ 16 އަހަރުގައި ދައުލަތުގެ ވަޒީފާއަށް 17 ޖޫން 1958ގައި ވަދެވަޑައިގެންނެވި މޫސާ ޢަލީ ވަނީ ހަމީދިއްޔާ މޮންޓިސޫރީ ސްކޫލު (މިހާރުގެ އިސްކަންދަރު ސްކޫލު)ގައި މަސައްކަތްކުރައްވައި، އަވަށްޓެރި ސްރީލަންކާގައި ތިބި ދިވެހި ކުދިންނަށް ކިޔަވައިދެއްވުމުގައި ވެސް އަށް އަހަރު ހޭދަކުރައްވައިފަ އެވެ.

މޫސާ އަލީއަށް ވަނީ މިނިވަން 25 ގެ އިނާމާއި ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ. އޭނާއަށް އެންމެ ފަހުން 2023 ގައި ލިބިވަޑައިގަތީ ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް