ހުޅުމާލެ ފޭސް 3ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

Advertisement
އެމްއެންޑީއެފުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3ގައި ހަވާއަރުވާނެ އެވެ.
"މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 3ގައި ވިޔަފާރި އުސޫލުން 3 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ." އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑިއެފްގެ ސިފްކޯއިން ގެންދަނީ ވިޔަފާރި އުސޫލުން އެކި ހާއްސަ ހަފްލާތަކާއި އިވެންޓްތަކާއި ދިމާކޮށް ހަވާއަރުވައިދެމުންނެވެ.