މޯލްޑިވިއަނުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ކުންފުނީގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު، 14:00 ގެ ކުރިންނެވެ.
އީއޯއައި ހުށަހަޅަން ޖެހޭނީ މޯލްޑިވިއަންގެ މެއިލް [email protected] އަށެވެ.
މޯލްޑިވިއަންގެ އީއޯއައި ފޯމާއި އާރުއެފްޕީ ޑޮކިއުމަންޓް ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެ އެވެ.