ads
"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
400 އަށްވުރެ ގިނަ މާހިރުންނާއެކު މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފި
ހަތަރުސަތޭކައަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ފަށައިފި އެވެ.
Advertisement

ސީއޭ މޯލްޑިވްސްއިން އަހަރަކު އެއްފަހަރު އިންތިޒާމުކޮށްގެން ބާއްވާ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބޮޑު ކޮންފަރެންސް މިއަހަރު ބާއްވަނީ "ބަދަލުތަކާއެކު ކުރިއަށްދިއުން، އިގްތިސާދީ ހަރުދަނާކަން ބިނާކުރުން" މި ޝިއާރުގެ ދަށުންނެވެ.

ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގައި ރާއްޖޭގެ އެކައުންޓެންޓުންނާއި މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ތަފާތު އެކި މައުލޫތަކަށް ޕްރެޒެންޓޭޝަންތަކާއި ކީ ނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް މި ފޯރަމްގައި ކުރިއަށްގެންދާނެ އެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ މިއަދު ވިދާޅުވީ، މިއީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްވާ އެއްވުމެއް ނޫން ކަމަށާއި މާލީ މާހިރުންނާއި ވިޔަފާރިވެރިން، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން، އިންވެސްޓަރުން އަދި ތައުލީމީ ދާއިރާގެ ބޭފުޅުން ހިމެނޭހެން ގައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް މި ފޯރަމް ބަދަލުވެފައިވާ ކަމަށެވެ.


އެކައުންޓަންޓުންގެ ފޯރަމެއްގައި އިގްތިޞާދީ ތަފާތު މައްސަލަތަކާ މެދު ބަހުސްކުރާ ސަބަބާ ގުޅޭގޮތުން ހަލީމް ވިދާޅުވީ، އޭގެ މައިގަނޑު ސަބަބެއް އެބައޮތް ކަމަށެވެ.

"އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް އައިއެފްއާރްއެސް، އިންޓަނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ އައިއެސްއޭ އަދި ޓެކްސް ފަދަ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކޮށްގެން ސީއޭ މޯލްޑިވްސްއިން ވަކިން ޓެކްނިކަލް ފޯރަމްތަކާއި ސީޕީޑީ ޕްރޮގްރާމްތައް ހިންގަމުންދަން. ދެވަނަ ކަމަކީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމަކީ ސީއޭ މޯލްޑިވްސްގެ މައި ފޯރަމަށް ވުމާއެކު، އިޤުތިސާދީ، މާލީ، ރެގިއުލޭޓަރީ އަދި ޓެކްނޮލޮޖީއާ ގުޅުންހުރި މުހިންމު ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ގޮތަށް ބާއްވާ ފޯރަމެއް،" ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވި އެވެ.

މިއަހަރުގެ ކޮންފަރެންސްގައި މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި މާލީ މެނޭޖްމަންޓް ހަރުދަނާކުރުމާ ގުޅޭ 12 މުހިންމު ދާއިރާއަކުން ތަޤުރީރުތަކާއި ޕެނަލް މަޝްވަރާތައް ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތަކުން އިގްތިސާދަށް ކުރާ އަސަރުތަކާއި، ދައުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ އިސްތިރާތީޖީތަކުގެ އިތުރުން، ސްރީލަންކާގެ މާލީ ކްރައިސިސްއިން ލިބިގަނެވޭނެ އިގްތިސާދީ ފިލާވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ރިޕޯޓިންއާއި ގުޅޭ އައިއެފްއާރްއެސް އެސް1 އަދި އެސް2 މިންގަނޑުތަކަށް އަމަލުކުރުމާއި، ސައިބަރ ރިސްކް ކުޑަކުރުމާއި، ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ހުރި ހުރަސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުންވެސް މި ފޯރަމްގައި އަލިއަޅުވާލާނެ އެވެ. ހަމައެއާއެކު، އިންޓަރނަލް އޮޑިޓް ޒަމާނީކުރުމާއި، މަނީ ލޯންޑަރިންގްއާއި ކައުންޓާ ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމާ ގުޅޭ އާ އިލްތިޒާމުތަކަށް އަހުލުވެރިވުމާއި، ރަސްމާލޭގެ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކޭސް ސްޓަޑީއެއްވެސް މި ބައްދަލުވުމުގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް