ށ. މިލަންދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ. އެ ކުންފުނިން މިލަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 40 ހެކްޓަރު ބިން ހިއްކަން ނިންމިއިރު އެ މަސައްކަތްް އެމްއޭސީއެލުން ކުރިޔަށް ގެންދިޔައީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިލަންދޫގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 25.90 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާފައިވާކަމަށެވެ. އަދި މިއީ މި ސަރުކާރަކީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ހަލުވި ދުވެލީގައި ނަތީޖާ ނެރެދޭނެ ސަރުކާރެއްކަމުގެ ސާފު ހެއްކެއްކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިލަންދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ނިންމާފައިވަނީ ރަށަށް އިތުރު 40 ހެކްޓަރުގެ ބިން އިތުރުކޮށްގެންކަމަށެވެ. އަދި އެ 40 ހެކްޓަރު ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާ، މުޅި އެއާޕޯޓުގެ މަޝްރޫއު ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެކަމަށްވެސް ރައީސް މުއިއްްޒު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;