ads
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނަކަށް ހަމަޖެއްސި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު.
ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ކުރީގެ މެންބަރު އަބްދުﷲ ވަހީދު ހަމަޖައްސަވައިފި
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނަކަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ހަމަޖައްސައިފި އެވެ.
Advertisement

ރައީސް ނަޝީދު މިކަން އިއުލާނު ކުރެއްވީ މިއަދު އެމަނިކުފާނުގެ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.

"އަޅުގަނޑުގެ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތަރުޖަމާނަކީ ގައުމީ މަޖިލިސް ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ކަމުގައި ހަމަޖެއްސި ވާހަކަ ދަންނަވަން،" އެ ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.

އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދުގެ އިތުރުން ދެން ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އަދި އިބްރާހިމް މުހައްމަދު، (ވާޑު) ހުދުވިލާގެ ލ. ފޮނަދޫ  އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;