ads
ބޭސް ކުންފުނީގެ އިތުރުން އެސްޓީއޯ، އާސަންދަ ، އެންސްޕާގެ ވެރިން މަޖިލިސް ކޮމެޓީގައި
ހުރިހާ ބޭހެއް ލިބޭނެ ބޭސްފިހާރައެއް އަައިޖީއެމްއެޗުގައި ހުޅުވަނީ
ހުރިހާ ބޭސްތައް އެއްތަނުން ލިބޭނެ ސަރުކާރުގެ ބޭސްފިހާރައެއް އައިޖީއެމްއެޗުގައި ހުޅުވުމުގެ  މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭސް ގެންނަން ސަރުކާރުން އުފެއްދި ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
Advertisement

ބޭސްލިބުމުގައި އާއްމުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަގައި އެ ކޮމެޓީއަށް މިއަދު ވަނީ ބޭސް ކުންފުނީގެ އިތުރުން އެސްޓީއޯ، އާސަންދަ ، އެންސްޕާގެ ވެރިން ހާޒިރުކޮށްފައެވެ. 

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީހުރިހާ ބޭހެއް ލިބޭނެ ބޭސްފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެތަން އައިޖީއެމްއެޗުގައި އަންނަ ހަފްތާތެރޭގައި  ގާއިމުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ހޮސްޕިޓަލަށް ބޭނުންވާ ބޭސްތައް އެތަނުގައި ބެހެއްޓޭތޯ. ދެން ވަގުތުކޮޅެއް ނަގާނެ މިކަން ސްޓްރީމްލައިން ކުރަން. ހަަމަ ގައިމު ވެސް ރާއްޖެއިން ލިބެންހުރި ހުރިހާ ބޭހެއް އެ ފާމަސީން ލިބޭނެ ގޮތަށް މިހާރު ބައްޓަން ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ރާއްޖެއިން ބޭސް ލިބުމުގައި ދަތިވާ މައިގަނޑު ސަބަބަކީ ބޭހުގެ ތަފާސްހިސާބުތަކެއް ވަގުތުން ބަލައިލެވެން ނުހުންނާތީކަމަށެވެ. އެހެންކަމުން ހުސްވެފައިވާ ބޭސްތަކާއި ބޭސްތައް ހުރި ތަންތަން އެނގޭނެ ގޮތަށް އެ މައުލޫމާތު ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެ ނިޒާމު ހަމަޖެހުމުން ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސްތައް ވެސް ގެނައުން އަވަސްވާނެކަންވެސް ޝާހު ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;