ads
ލަންކާގައި މިފްކޯގެ އުފެއްދުންތައް ރަސްމީކޮށް ތައާރަފްކުރުން
ލަންކާގައި މިފްކޯގެ އުފެއްދުންތައް ރަސްމީކޮށް ތައާރަފްކޮށްފި
މިފްކޯގެ މަހުގެ ގިނަ އުފެއްދުންތަކެއް މިއަދު ސްރިލަންކާގައި ތައާރަފްކޮށްފި އެވެ.
Advertisement

މަހުގެ ގިނަ އުފެއްދުންތައް ލަންކާއަށް ތައާރަފް ކުރީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

"މިއީ އެ ތަސައްވުރު އަމަލީ ގޮތުން ދައްކުވައިދޭ ވަރުގަދަ މިސާލެއް. އެއީ ސީދާ ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ލިބި ވިޔަފާރިއަށްވެސް އާ ފުރުސަތުތަކެއް އުފެދިގެންދާނެ." ޝިޔާމް ވިދާޅުވި އެވެ.



މިފްކޯއިން ސްރީލަންކާގައި އިފްތިތާހުކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެ އެވެ.

ލަންކާގައި މިފްކޯގެ މަހުގެ އުފެއްދުންތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލެޕްމަންޓް ވަސަންތާ ސަމަރަސިންގެ އާއި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯންގެ ސީއީއޯ ޒުރައިޝް ހާޝިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. 

މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސްގެ ދެކަނަބަލުން މިއަދު ބައްދަލުކުރައްވާނެ އެވެ. ކިޔެވުމާއި އެކި ބޭނުންތަކުގައި ލަންކާގައި 1،900 އެއްހާ ދިވެހިން ދިރިއުޅެމުންދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;