ads
ރައީސް މުއިއްޒު؛ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަނީ
ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ޔަގީންކަން ލިބޭ، ހުޅުވިފައިވާ އިގުތިސާދެއް: ރައީސް
ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ޔަގީންކަން ލިބޭ، ހުޅުވިފައިވާ އިގުތިސާދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިފަދައިން ވިދާޅުވީ މިއަދު ސްރީލަންކާގައި ކުރިއަށްގެންދާ އިންވެސްޓާ ފޯރަމު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް ކަމަަށެވެ. މި ތަސައްވުރަކީ ދުރު ހުވަފެނެއް ނޫންކަމަށާއި، އެއީ ސަރުކާރުން އެކަށައަޅާ ކޮންމެ ސިޔާސަތެއްގެ ފަހަތުގައި އޮތް އިސްތިރާޖީ ތަސައްވުރުކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ސަރުކާރުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ގާނޫނަށާއި، އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ގަވާއިދު ފޮރިން އިންވެސްޓްމެންޓް ރިކުއާމެންޓްސްއަށް އިސްލާހު ގެނައި، އިންވެސްޓް ކުރާ ފަރާތްތަކަށް ސާފު މަގެއް ކޮށައި ދިނުމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެތެރޭގެ ވިޔަފާރިތައް ކުރިއަރާފައިވާ ދާއިރާތައް ހިމާޔަތް ކުރުމަށް ބަދަލުތައް ގެންނައިރު އިތުރު އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކޮށްދިނުމަށް އާ ދޮރުތައް ސަރުކާރުން ހުޅުވަމުންދާ ކަމަށެވެ. އެގޮތުން ޤައުމީ ތަރައްޤީގައި އިސްކަންދޭ ދައިރާތަކުން ބޭރުގެ ތަޖުރިބާއާއި ޓެކްނޮލޮޖީ ހޯދުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގާނޫނުތަކަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ސަރުކާރުން މަސައްކަތް ކުރަނީ ހުޅުވިފައިވާ ވާދަވެރި އިޤްތިސާދެއް ބިނާ ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.


"ގަވާއިދުތައް އިސްލާހުކޮށް އަޅުގަނޑުމެންގެ މުއައްސަސާތައް ވަރުގަދަކުރުމަކީ އަޅުގަނޑުމެން މި ބައްޓަން ކުރަނީ ބައިނަލްއަގުވާމީ ގޮތުން ވާދަވެރި އަދި ހުޅުވިފައިވާ އިގުތިސާދެއް. މިއީ އިންވެސްޓަރުންނަށް ޔަޤީންކަން ލިބި، އާ އިންވެސްޓްމެންޓް ކުރިއަރާނެ އިގުތިސާދެއް. މި އިސްލާހުތައް މިހާރުވެސް ދަނީ ނަތީޖާ ދައްކަމުން." ރައީސް ވިދާޅުވި އެވެ.

މިހާރުވެސް ފަތުރުވެރިކަމާއި ދަތުރުފަތުރާއި އިމާރާތްކުރުމާއި ހިދުމަތުގެ ސިނާއަތްތަކުގައި މުހިއްމު ދައުރެއް ލަންކާ ވިޔަފާރިތަކުން އަދާކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ފޯރަމުގައި ބައިވެރިވާ ލަންކާ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ތަފާތު އިގުތިސާދީ ފުރުސަތުތައް ދެނިގަތުމަށް ހާއްސަ ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. 

ލަންކާގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވުމާއެކު ރައީސް ފާހަގަކުރެއްވީ ދެ ގައުމުގެ މެދުގައި ދައުރުކުރާ އިންވެސްޓުމެންޓުތަކުގެ މުހިއްމު ކަމެވެ. އަދި ދިވެހި ވިޔާރިތައް ރާއްޖޭގެ އަސްދަނޑިން ބޭރުވުމަށް މަސައްކަތްްކުރާއިރު ލަންކާއަކީ ދިވެހި ވިޔަފާރިތަކަށް ވަރަށް ތަބީއީ އަދި އިސްތިރާޖީ މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިފޯރަމްގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް އިންވެސްޓްމަންޓް މަޝްރޫއާއި ރަސްމާލެ މަޝްރޫއުގެ އިތުރުން ތިލަފުށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕޯޓް މަޝްރޫއާ ގުޅޭ މައުލޫމާތުތައްވެސް އިންވެސްޓަރުންނާ ހިއްސާކޮށްފަ އެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ލަންކާގެ އިންވެސްޓަރުންނަށް ހިއްސާ ކުރުމަށް ފޯރަމްއެއް ބޭއްވިއިރު، މިދިޔަ އަހަރު ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ރާއްޖޭގައި ބިޒްނަސް ފޯރަމެއް ބާއްވާފައި ވެއެވެ.

ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާ ކުރުމަށް އެކި ގައުމުތަކުގައި އަންނަނީ، މިފަދަ ފޯރަމްތައް ބާއްވަމުންނެވެ. އެގޮތުން ޗައިނާ، ޔޫއޭއީ، އިންޑިއާ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގައިވެސް މިފޯރަމް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;