ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އިއުލާނު ކޮށްފައިވާ ރިލީފް ޕެކޭޖާއި ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް (މަޓީ)ން ނެރުނު ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

Advertisement
އެގޮތުން މެމްބަރު ހުސައިން މުހައްމަދު ކޮށްފައިވާ ޓްވީޓްތަކެއްގައި ވަނީ މަޓީން ނެރެފައިވާ ބަޔާނާއި ގުޅޭގޮތުނ ްގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.
އެގޮތުން ގިނަ ރިސޯޓް އޯނަރުން އާމްދަނީ ނުލިބޭތީ މުވައްޒަފުން ނޯޕޭއަށް ނޫނީ ކުޑަ އިނާޔަތެއް ލިބޭ ގޮތަށް ފޮނުވާލާފައިވާކަމަށާއި، ސަރުކާރުން އެދެމުންދިޔައީ މުވައްޒަފުންނަށް ދެރެގޮތެއް ނެހެދުމަށްކަމަށް ވީނަމަވެސް ރިސޯޓް އޯނަރުންނަށް އެ އަޑު އިވުނުތޯ ސުވާލުކުރައްވާފައިވެއެވެ.
"ސަރުކާރުން ޖެހޭނެބާ މިމަގުން ކަން ހިގާއިރު އެ އޯނަރުންނާ ވާހަކަ ދައްކަން؟ ރިސޯޓް ކުލިވެސް މާފުކުރަން ތޯވީ؟ މާލޭގަ އާމްދަނީ ނުލިބޭތީ ގޭ ކުލި ނުދައްކައި ތިބެވޭ ތޯ؟ ފިހާރަ ބަންދު ކޮށްފައި ހުންނާތީ ކުލި ނުދައްކައި ހަމަޖައްސައި ލެވޭ ތޯ؟" މެމްބަރު ހުސައިން މުހައްމަދު ކޮށްފައިވާ ޓްވީޓްގައި ވެއެވެ.
މަޓީގެ ބަޔާނާއި ގުޅިގެން މެމްބަރު ހުސައިން މުހައްމަދު މަޓީއަށް ފާޑުވިދާޅުވެފައިވާއިރު މާޓީއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.