ads
ކުރެހުންތެރިން ގެ ހުނަރު ދައްކާލާފައި- ފޮޓޯ ނޭޝިނަލް އާރްޓު ގެލެރީ
ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި ހައި ސްކޫލެއް ހުޅުވަނީ
ވޮކޭޝަނަލް ތަމްރީނު ދިނުމަށް މާލޭގައި މަތީ ސާނަވީގެ އާ ސްކޫލެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
Advertisement

މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވަނީ "މާލޭ ވޮކޭޝަނަލް ހައިސްކޫލް" އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޫލުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އެ ހައި ސުކޫލު މެދުވެރިކޮށް، 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން،

  • އާކިޓެކްޗަރަލް ޓެކޮނޮލޮޖީއާއި ޑިޒައިން
  • ރިފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން
  • ކޭކު ޑެކަރޭޝަން
  • އޮޓޮމޭޓިވް އިންޖިނީއަރިން
  • ސިވިލް އިންޖިނިއަރިން
  • ކުދި ވިޔަފާރި މެނޭޖުކުރުން
  • ކާޕެންޓްރީ
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނީއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ފޮޓޮ ނެގުން

އެ ދާއިރާތަކުން ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އަލަށް ހުޅުވާ ވޮކޭޝަނަލް ސްކޫލުގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ވޮކޭޝަނަލް ޕާތުވޭ ނިންމައި، ދަރިވަރުން ބޭނުންނަމަ ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވާސިޓީ އަކަށް ދިޔުމަށް ނުވަތަ ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އެކަޑަމިކް ޕާތުވޭއަށްވުރެ ވަކި ފުރުސަތު ކުޑަނުވާނެ. ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުންހިފާ," މިނިސްޓަރު ވިދާޅުވި އެވެ.

އަމާޒަކީ، ދަރިވަރުން ބާކީކުރުމުގެ ސަގާފަތް ނައްތާލުމާ އެއްކޮށް އުފެއްދުންތެރި، އިސްލާމްދީނާއި ގައުމުދެކެ ލޯބިވާ ޒުވާނުން އުފެއްދުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް