ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އާންމުންނަށާއި ޓްރެފިކަށް އެކި ސަރަހައްދުތައް ބަންދުކުރަނީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މިރޭ އިދިކޮޅު އެމްޑީޕީން "ލޫޓްވައި، ލޫޓްވައިފި" ގެ ނަމުގައި ބާއްވާ އެއްވުމަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު އެމްޑީޕީން އިސްވެ އޮވެ މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީއަށް ތާއީދުކުރާ އަދި މި ސަރުކާރާއި އިދިކޮޅު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މާލެއަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.