ކުރިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަމްއާން އެ މަގާމުން އިސްތިއުފާދިނުމުން އޭނާވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރަކަށް އައްޔަންކޮށްފައެވެ. އަދި ލަމްއާން ވަނަި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށްވެސް އައްޔަންކޮށްފައެވެ.
މިދިޔަ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު މި ސަރުކާރުން ވަނީ 10 ވަޒީރަކު އިސްތިއުފާދީފައެވެ. އަދި ސަރުކާރު ހިއްސާ ކުންފުނިތަކުގެ ވެރިންވެސް ވަނީ ވަކިކޮށް އާ ބޭފުޅުން އައްޔަން ކޮށްފައެވެ. އޭގެ އިތުރުން ޕާޓީގެ ބައެއް މަގާމުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދީފައެ އެވެ. އޭގެފަހުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވި މޫސާ ފަތުހީ އާދަމް އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;