އެޗްއާރުސީއެމުން ނެރުނު ރިޕޯޓްގައި، ދޫނިދޫ ޖަލުގައި ނާއިންސާނީ އަމުލުތައް ހިންގަމުން އަންނަކަމަށާއި ބައެއް ގައިދީން ބިޑިއަޅުވާ އަވީގައި ބައިތިއްބާކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރުގެ އެ ރިޕޯޓްގައިވާ ގޮތުން ދޫނިދޫގައި ބަންދުކުރާ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން އެ ގައިދީން އެކަހެރިކޮށް، ބިޑިއަޅުވާ ކަސްޓޯޑިއަލްގެ ހިނގާ ކަސްރަތުކުރާ ސަރަހައްދުގައި ހުންނަ ތަނެއްގައި ބަހައްޓާކަމަށެވެ. އަދި އެ ތަން ހުންނަނީ ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގައިކަންވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ވާހަކަތައް މީޑިއާގައި މިއަދު ރިޕޯޓްކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިޕޯޓައި ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު އެ އިދާރާއިން ކަންބޮޑުވާކަމަށެވެ. ފުލުހުން ބުނީ ރިޕޯޓްގެ އަސްލު މަގުސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް މީޑިއާތަކުން ހަބަރު ފަތުރާފައިވާކަމަށެވެ.
އެހެންނަމަވެސް ނުބައި މީޑިއާތަކުން ރިލޯޓް ކުރީ ކޮން ވާހަކައެއްކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ އެޗްއާރުސީއެމްެގެ ރިޕޯޓްގައިވާ ކަންކަން ރަނގުކުރާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. އަދި އެޗްއާރުސީއެމްއާއި ކަމާއި ގުޚޭ އެހެން މުއައްސަސާތަކާއި އެކީ މަސަައްކަތް ކުރުމުގެ މަތީ ދެމިތިބޭނެކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;