ads
ލަންކާގައި ތިބި ދިވެހި ރައްޔިތުންނާ ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަނީ -
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިހާރު ލަންކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި އެވެ.
Advertisement

ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި، ގުޅުންތައް ވަރުގަދަ ކުރުމަށްޓަކައި މަސައްކަތް ކުރެވުނު ކަމަށެވެ. ހާއްސަކޮށް ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަރައްގީގެ އެކި ކަންކަން ކުރިއަށް ގެންދިޔުމަށް އެއްބަސްވެވޭނެ ގޮތްތައް ބައްލަވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރާއެކު މުހިއްމު އެއްބަސްވުންތަކެއް އެކުލަވާލާފައިވާ ކަމަށާއި، ވެފައިވާ އެއްބަސްވުންތަކާއެކު ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް މަޝްވަރާކުރެއްވި ކަމަށެވެ. މިދަތުރުފުޅުގެ ކުރިންވެސް މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވިސާގެ ކަންކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ، ވިސާގެ ކަންކަމަށް ހައްލެއް ގެނައުމަށް ސްރީލަންކާގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށާއި، ވިސާގެ ކަންކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ރައީސް ދެއްވާފައިވާ ކަމަށެވެ.

" ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ހައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސއްކަތް ކުރެވިގެންދާނެ." ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސްރީލަންކާގައި ހުންނަ ދިވެހިންގެ ސަގާފީ މަރުކަޒު ނުވަތަ ސޯސަންވިލާގެ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭކަންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެތަނުގެ އިމާރާތަށް ބަދަލުތައް ގެނައުމަށާއި، ވަސީލަތްތައް ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ހަފުލާގައި ރައީސްގެ ދެކަނބަލުންނާއި ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު މައްސޫދު އިމާދުގެ އިތުރުން ރައީސްގެ އަރިހުގައި ލަންކާ އަށް ވަޑައިގަތް ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;