މިއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރއާ އަޅާބަލާއިރު 18.12 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްއައިބީން ހާމާކުރި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުގެ އެސެޓް ވަނީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 11.11 ޕަސެންޓް ކުރިއަރާފައެވެ. މިގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއައިބީގެ ޖުމްލަ އެސެޓް ވެލިއު ވަނީ 18.50 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މި އަދަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރީ 16.65 ބިލިއަން ރުފިޔާގަ އެވެ. މިއީ 1.85 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއައިބީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 163 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 47 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޑިޕޮސިޓްގެ ގޮތުގައި ޖުމްލަ 15.40 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު 1.76 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި މިއީ 12 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެކެވެ.
އެމްއައިބީން ހާމަކުރިގޮތުގައި ދުވަހުން ދުވަހަށް އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވެގެންދިޔުމަކީ ބޭންކަށް ކުރާ އިތުބާރާއި ޔަގީންކަން ބޮޑުވަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މި އަހަރުގެ ފުރަތަމަ ކުއާޓާރާ ދެމެދު ވެސް ފަސް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައި ވެއެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.
އެމްއައިބީ އާއި ސޮނެވާ ނަމޫނާ އަދި ރ. ފައިނު ކައުންސިލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރަނީ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ ކުރިއެރުމުގެ އިތުރުން، އެމްއައިބީން ވަނީ މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ސްޓެމް ހަބް ޕްރޮޖެކްޓާއި، އަލްލައިލް އެކަޑަމީ ގުރުއާން މުބާރާތުގެ އިތުރުން މުރަކަ އާލާކުރުމުގެ ޕްރޮގްރާމް ހިމެނޭ ކަމަށްވެސް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;