ads
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ ތެރެއިން
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީއަށްް ނަމްބަރު އެކެއް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުރިމަތިލީ ކެންޑިޑޭޓުންގެ ގުރުއަތުލައި ނަމްބަރު ތަރުތީބުކޮށްފިއެވެ.
Advertisement

ތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކުރިމަތިލުމުލަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ނަން ހުށައެޅީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކެންޑިޑޭޓަކާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުންނެވެ. 

ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އިންތިހާބުގައި ވާދަކުރާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރާނީ އަބްދު ﷲ ސޯދިގު (ސޯބެ) އެވެ. 

ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު

  • އަހްމަދު ސައީދު (ސޮޑާ) - (ކެންޑިޑޭޓް ނަންބަރު 1)
  • އަބްދުﷲ ސޯދިގު (ސޯބެ) - (ކެންޑިޑޭޓް ނަންބަރު 2)

ޕީއެންސީގެ ޕްރައިމެރީގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޓިކެޓް ލިބުނީ ކުރިންވެސް އެ ގޮނޑި ތަމްސީލުކުތެއްވި މެންބަރު މުހައްމަދު ސިނާން (ސިނާ) އަށެވެ. އެހެންނަމަވެސް އޭނާ ވަނީ އިންތިހާބުގައި ވާދަނުކަރަން ކުއްލިއަކަށް ނިންމާފައެވެ. އަހުމަދު ސައީދަށް ޓިކެޓް ލިބުނީ ސިނާގެ އެ ނިންމުމުގެ ސަބަބުންމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;