ތިލަމާލެ ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުމަށް ވިލިމާލެ ސައިޓަށް ވަޑައިގަތުމަށް ފަހު ދެއްވި އިންޓަވިއުގައި މުއްތަލިބް ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތްކުރަނީ އިންޑިއާ ސަރުކާރާއި މި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން މަސައްކަތް ނުހުއްޓި ވީހާ ވެސް އަވަހަށް ނިންމުމަށް ކަމަށެވެ.
ބްރިޖު ނިމިގެންދާއިރު ބްރިޖު ވެގެންދާނީ ބިނާކުރުމާއި އިންޖިނިއަރިންގެ އަޖައިބަކަށް ކަމަށާއި، މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ. އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ދެއެވެ.
އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)
100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ
ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ
މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލާނެ
މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް މިނިސްޓަރު މުއްތަލިބާއި އިންޑިއާ ހައި ކޮމިޝަނަރު ބާލާ ސުބްރަމާނިއަމް ބައްލަވާލައްވަނީ: ބްރިޖު މަސައްކަތުގެ ބޮޑު ވަނީ ނިމިފައި.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ފެށި މަޝްރޫއެކެވެ. ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ 72 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވެސް މިހާރު ދޭ ޔަގީން ކަމަކީ އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;