ads
ދިފާއީ އެއްބާރުލުން އިތުރުކުރަން އޮސްޓްރޭލިއާއާއެކު މަޝްވަރާކުރުން
ދިފާއީ އެއްބާރުލުން އިތުރުކުރަން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފި
ދިފާއީ އެއްބާރުލުން އިތުރުކުރަން ރާއްޖެއިން އޮސްޓްރޭލިއާއާއެކު މަޝްވަރާކޮށްފި އެވެ.
Advertisement

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އަރިހަށް އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ އެއްބާރުލުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ. ހާއްސަކޮށް، ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި، ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

ރާއްޖޭގެ ދިފާއީ ދާއިރާ ކުރިއެރުވުމަށް އޮސްޓްރޭލިޔާއިން ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މީގެއިތުރުން، ދެ ގައުމުން އިސްކަންދޭ ސަލާމަތީ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދޭދޭ ގުޅުން އިތުރަށް ފުޅާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;