ads
އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު
އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ ހެއްކެއް ނެތް: ކޮމިޝަނަރު
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވުމުން އެފަދަ ކަމެއް ފާހަގަނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލާގައި ނޫސްވެރިޔަކު ސުވާލުކުރުމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެ ގާނޫނު އެކުލަވާލީ ހާއްސަ މަގުސަދެއް ހާސިލްކުރުމަށް ކަމަށާއި ގާނޫނު "ހެޔޮ ގޮތުގައި ހިފާ" މީހުންނަށް ގާނޫނުގައިވާ ގޮތަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހެޔޮ ނޫން ގޮތަކަށް ވެސް ގާނޫނުގެ ބޭނުން ހިފާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އާރުޓީއައި [ރައިޓް ޓު އިންފޮމޭޝަން] ގާނޫނު ހެޔޮ ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މި ދަނީ މިހާރަކަށް އައިސް އަމުދުން، އާރުޓީއައި ގާނޫނު އެބިއުސްކުރާ ތަން ވެސް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

"ވަކިވަކި ހާލަތްތަކުގައި އުނދަގޫ ސުވާލުތައް ހުށަހެޅި ނަމަވެސް، އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން. އޭގެ ބަދަލުގައި، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ދައުލަތުގެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބޭ މައްސަލަ މާ ބޮޑަށް ވެސް އާންމު،" އޭނާ ވިދާޅުވި އެވެ.

އުޝާމް އެފަދައިން ވިދާޅުވިއިރު، އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.

މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;